ސަފުހާގެ ކޮންޓެންޓަށް
ލ. ފޮނަދޫ ކައުންސިލްގެ ޚިދުމަތްތަކުގެ ޕޯޓަލް

އުފަންދުވަހުގެ ރަޖިސްޓްރީ / ސެޓްފިކެޓް

ކުއްޖެއްގެ އުފަންދުވަސް ރަޖިސްޓްރީކުރުމަށާއި، އުފަންދުވަހުގެ ސެޓްފިކެޓް އަލަށް ހެއްދުމަށް، އާކުރުމަށް، ގެއްލިގެން ހެއްދުމަށް، އިނގިރޭސި ތަރުޖަމާއަށް ނުވަތަ ބަދަލެއް ގެނައުމަށް އެދޭ ޚިދުމަތް.

ސާރވިސް ހޯދުމަށް ސައިން އިން ވެވަޑައިގަންނަވާ

އީފާސް މެދުވެރިކޮށް ވަދެލާ

ކުއްޖެއްގެ އުފަންދުވަސް ރަޖިސްޓްރީކޮށް އަލަށް އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށާއި، ސެޓްފިކެޓް އާކުރުމަށް، އިންގްލިޝް ޓްރާންސްލޭޝަން ހެއްދުމަށް، ގެއްލިގެން ހެއްދުމަށް، ނުވަތަ ދޫކޮށްފައިވާ ސެޓްފިކެޓަކަށް ބަދަލެއް ގެނައުމަށް މި ފޯމު ބޭނުންކުރެވޭނެއެވެ. އާންމުކޮށް ފޯމު ފުރާނީ ކުއްޖާގެ މައިންބަފައިންގެ ތެރެއިން ފަރާތެއް، ކުއްޖާއާ ހުރި ގުޅުން ބަޔާންކޮށްގެންނެވެ.

ކުއްޖާ ފޮނަދޫގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ޖައްސާނަމަ، އެ ގޭގެ ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަން ބަޔާންކުރަންވާނެއެވެ.

އުފަންދުވަހުގެ ސެޓްފިކެޓަކީ ޤައުމީ ލިޔުމެކެވެ. ކައުންސިލުން އެދުން ބަލައިގެން ޗެކްކޮށް، ސެޓްފިކެޓް ތައްޔާރުވުމުން އަންގާނެއެވެ.

އަލަށް ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަންޖެހޭ ތަކެތި:

  • ކުއްޖާގެ ބައްޕައާއި މަންމަގެ ކާވެނީގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ. ވަރިވެފައިވާނަމަ ވަރީގެ ސެޓްފިކެޓާއި ކާވެނީގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ.
  • ކުއްޖާގެ ބައްޕަ އާއި މަންމަގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ، ބިދޭސީއެއްނަމަ ޕާސްޕޯޓްގެ އަސްލާއި ކޮޕީ.
  • ރާއްޖެއިން ބޭރުގައި އުފަންވެފައިވާ ކުއްޖެއްނަމަ ކުއްޖާ އުފަންވި ގައުމަކުން ދީފައިވާ އުފަންދުވަހުގެ ސެޓްފިކެޓާއި އެގައުމެއްގެ އެމްބަސީއިން ދީފައިވާ ޓްރާންސްލޭޝަން، އަދި ހޮސްޕިޓަލުން ދިން ލިޔުމުގެ އަސްލާއި ކޮޕީ އަދި ކުއްޖާގެ ޕާސްޕޯޓްގެ ކޮޕީ.
  • ފޮނަދޫގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ޖައްސާނަމަ ރަޖިސްޓްރީ ކުރުމަށް އެދިފައިވާ ގޭގެ ރަށްވެހިންގެ ރަޖިސްޓްރީގެ އަސްލު، އަދި ސޮއިކުރި ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ.

ސެޓްފިކެޓް އާކުރުން / ސެޓްފިކެޓްގެ އިންގްލިޝް ޓްރާންސްލޭޝަން ހައްދަން ހުށަހަޅަންޖެހޭ ތަކެތި:

  • އުފަންދުވަހު ސެޓްފިކެޓްގެ އަސްލު.
  • ސެޓްފިކެޓް ހައްދަން ބޭނުންވާ މީހާއި، އޭނާގެ މަންމަ އަދި ބައްޕަގެ އައިޑީކާޑުގެ ކޮޕީ.

ސެޓްފިކެޓް ގެއްލިގެން ހައްދަން ހުށަހަޅަންޖެހޭ ތަކެތި:

  • ސެޓްފިކެޓް ހައްދަން ބޭނުންވާ މީހާއި، އޭނާގެ މަންމަ އަދި ބައްޕަގެ އައިޑީކާޑުގެ ކޮޕީ.
  • އަލަށް ސެޓްފިކެޓް ހެއްދުމަށް: އެއްރުފިޔާ (1ރ) ގެ 2 ރެވެނިއު ސްޓޭމްޕް.
  • ސެޓްފިކެޓް އާކުރުމަށް ނުވަތަ އިންގްލިޝް ޓްރާންސްލޭޝަން ހެއްދުމަށް: 1ރ ގެ ރެވެނިއު ސްޓޭމްޕް.
  • ސެޓްފިކެޓް ގެއްލިގެން ހެއްދުމަށް: 1ރ ގެ ރެވެނިއު ސްޓޭމްޕް، އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް -/10 ރުފިޔާ.
  • ބަދަލު ގެނައުމަށް: ފީއެއް ނަގާނަމަ ކައުންސިލުން އަންގާނެއެވެ.

ރެވެނިއު ސްޓޭމްޕާއި ފީ އޮންލައިންކޮށް ނުދެއްކޭނެއެވެ. އެ ހުށަހަޅާނެ ގޮތް ކައުންސިލުން އަންގާނެއެވެ.

  • އަޕްލޯޑްކުރި ލިޔެކިޔުމުގެ އަސްލު ދައްކަންވާނެއެވެ: މައިންބަފައިންގެ ކާވެނީގެ ސެޓްފިކެޓާއި އައިޑީ ކާޑު (ނުވަތަ ޕާސްޕޯޓް)، ރާއްޖެއިން ބޭރުގައި އުފަންވި ކުއްޖެއްނަމަ ހޮސްޕިޓަލުން ދިން ލިޔުން، އަދި އާކުރުމަށް ނުވަތަ އިންގްލިޝް ޓްރާންސްލޭޝަނަށްނަމަ އުފަންދުވަހު ސެޓްފިކެޓް.
  • ކުއްޖާ ފޮނަދޫގެ ގެއެއްގެ ރަޖިސްޓްރީގައި ޖައްސާނަމަ، އެ ގޭގެ ރަށްވެހިންގެ ރަޖިސްޓްރީގެ އަސްލު ގެންނަންވާނެއެވެ. ގޭގެ ވެރިފަރާތް ނޫން މީހަކު ރަޖިސްޓްރީ ބަލާ ދުރުވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި، ސިޓީގައި ސޮއިކުރާ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ އަދި ބަލައި ދުރުވާ މީހާގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
  • ގޭގެ ވެރިފަރާތުން ފޯމުގައިވާ ބަޔާނުގައި ސޮއިކުރަންވާނެއެވެ.
  • ރެވެނިއު ސްޓޭމްޕާއި، ގެއްލިގެން ހައްދާނަމަ -/10 ރުފިޔާ ހުށަހަޅަންވާނެއެވެ.
  • މަޢުލޫމާތަށް: 6800082