އިމާރާތް ބޭނުންކުރުމުގެ ހުއްދަ (ބާވަތް 1 ގެ އިމާރާތް)
ބާވަތް 1 ގެ އިމާރާތެއް ނުވަތަ އޭގެ ބައެއް ބޭނުންކުރުމަށް ހުއްދަ ހޯދުމަށާއި، ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ ޚިދުމަތް.
ސާރވިސް ހޯދުމަށް ސައިން އިން ވެވަޑައިގަންނަވާ
އީފާސް މެދުވެރިކޮށް ވަދެލާބާވަތް 1 ގެ އިމާރާތް ތަކަކީ "ޢިމާރާތް ކުރުމުގެ ޤާނޫނު" ގެ 99ވަނަ މާއްދާގެ (ޅ)ގެ (1) ވަނަ ނަންބަރުގައިވާ ޢިމާރާތުގެ މާނާގައިވާ ހިމެނޭ އާންމުކޮށް ބޭނުންކުރާ ތަންތަނެވެ. މި ހުއްދައަށް އެދެވޭނީ ޢިމާރާތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޢިމާރާތަކަށެވެ.
ޢިމާރާތް އެއްކޮށް ނުވަތަ ބައެއް ނިމުމުން، ހުއްދަ އައުކުރުމަށް، ނުވަތަ ވެރިފަރާތް ނުވަތަ ގޯތީގެ ނަން ބަދަލުވުމުން މި ފޯމު ހުށަހަޅަންވާނެއެވެ.
ފޯމުގައި ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ބަޔާންކޮށްފައެއް ނުވެއެވެ. ޢިމާރާތްކުރުމުގެ ހުއްދައިގެ ކޮޕީ، އަދި ހުއްދަ އައުކުރުމަށް ނުވަތަ ވެރިފަރާތް ނުވަތަ ގޯތީގެ ނަން ބަދަލުވެގެން އެދޭނަމަ ކުރިން ދީފައިވާ ބޭނުންކުރުމުގެ ހުއްދައިގެ ކޮޕީ އަޕްލޯޑް ކުރައްވާ.
އިންޖިނިއަރުގެ ރިޕޯޓް ނުވަތަ ޕްލޭން ފަދަ އިތުރު ލިޔެކިޔުން ކައުންސިލުން ހޯދިދާނެއެވެ.
ފީއެއް ނަގާނަމަ ކައުންސިލުން އަންގާނެއެވެ.
ނިމިފައިވާ ކަމަށް ފާހަގަކުރާ ފަންގިފިލާތައް ކައުންސިލުން ބަލާނެއެވެ. ތަން ބަލަން ދާ ދުވަހު ޢިމާރާތް ހުޅުވައި ފަންގިފިލާތައް ދައްކާނެ ފަރާތެއްގެ މަޢުލޫމާތު ފޯމުގައި ދެއްވާ.