ސަފުހާގެ ކޮންޓެންޓަށް
ލ. ފޮނަދޫ ކައުންސިލްގެ ޚިދުމަތްތަކުގެ ޕޯޓަލް

ގޯތި ރަޖިސްޓްރީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމާއި އިންވަކި ކޮށްދިނުން

ގޯތީގެ ރަޖިސްޓްރީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށާއި ގޯތި އިންވަކިކުރުމަށް އެދި ހުށަހަޅާ ޚިދުމަތް.

ސާރވިސް ހޯދުމަށް ސައިން އިން ވެވަޑައިގަންނަވާ

އީފާސް މެދުވެރިކޮށް ވަދެލާ

ރަޖިސްޓްރީއެއް ހަދަން ނުވަތަ އިންވަކިކުރަން ފޯމު ހުށަހަޅަންވާނީ ގޯތީގެ ވެރިފަރާތުންނެވެ. ވެރިފަރާތް ނިޔާވެފައިވާނަމަ ފޯމު ހުށަހަޅަންވާނީ ގޯތީގެ ވެރިފަރާތުގެ ވާރިސެކެވެ. މިނޫން ފަރާތަކުން ހުށަހަޅާނަމަ ހުށަހެޅޭނީ ގޯތީގެ ވެރިފަރާތުން ނުވަތަ ވާރިސެއްގެ ސިޓީއަކާއި އެކުގައެވެ.

  • ގެއްލިގެން ނޫންގޮތަކަށް ގޯތި ރަޖިސްޓްރީ ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދަން ހުށަހަޅާއިރު، އެރަޖިސްޓްރީގެ އަސްލު.
  • ތަރިކައިން ނުވަތަ ހިނބައިން ގޯތި ލިބިފައިވާނަމަ ގަޟިއްޔާ ނިންމިގޮތުގެ ރިޕޯޓްގެ އަސްލާއި އެއްގޮތް ކޮޕީއެއް.
  • ގޯތީގެ ވެރިފަރާތުގެ އައިޑީކާޑު ކޮޕީ (ވެރިފަރާތުން ނޫން ފަރާތަކުން ހުށަހަޅާނަމަ).
  • ބަދަލުގައި ހަމަޖައްސާނަމަ އެފަރާތުގެ އައިޑީކާޑު ކޮޕީ.
  • ގޯތީގެ ވެރިފަރާތުން ނޫން އެހެން ފަރާތަކުން ފޯމު ހުށަހަޅާނަމަ އެފަރާތުގެ އައިޑީކާޑު ކޮޕީ، އަދި ގޯތީގެ ވެރިފަރާތުން ނުވަތަ ވާރިސެއްގެ ސިޓީ.

ލިޔެކިޔުންތައް ސްކޭންކޮށް ފޯމާއެކު އަޕްލޯޑް ކުރައްވާ. އިތުރު ލިޔެކިޔުން ކައުންސިލުން ހޯދިދާނެއެވެ.

ރަޖިސްޓްރީ ގެއްލިގެން ހަދާނަމަ ރުފިޔާ 100/-. އަލަށް ހަދާ ރަޖިސްޓްރީއާއި، ހިނބައިން ލިބިގެން، އެޑްރެސް ބަދަލުވެގެން ނުވަތަ ހަލާކުވެގެން ހަދާ ރަޖިސްޓްރީ ހިލޭ.

ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް، އިންވަކިކުރުމަށް ނުވަތަ އެހެން ސަބަބަކާހުރެ ހަދާ ރަޖިސްޓްރީއަށް ފީއެއް ނަގާނަމަ ކައުންސިލުން އަންގާނެއެވެ.

ފޯމު ޗެކްކުރުމަށްފަހު، ގޯތީގެ މިން އަޅާނެ ދުވަސް ކައުންސިލުން އަންގާނެއެވެ.

  • ގޯތީގެ މިން އެޅުމަށް ދާނެ ދުވަހެއް އެންގުމުން، ގޯތީގެ ހަތަރު ފަރާތުގައި ދަމާނެ ކަނވާރާއި ކަނމުޑި އަޅާނެ ސިމެންތިއާއި، އެކަމަށް އެކަށޭނެ ތަކެތި ހަމަކުރަންވާނެއެވެ.
  • ގޯތީގެ ވެރިފަރާތް ނުވަތަ ބަދަލުގައި އައްޔަންކޮށްފައިވާ ފަރާތް ހާޟިރުވާންވާނެއެވެ. މިން އެޅުމަށްފަހު ކައުންސިލްގެ އިދާރާއިން މިންތައް ދައްކައި، އެކަމުގެ އިޤްރާރުގައި އެފަރާތުން ސޮއިކުރަންވާނެއެވެ. ދައްކާފައިވާ އިމަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުށެކެވެ.
  • ރަޖިސްޓްރީގެ އަސްލާއި ގަޟިއްޔާ ނިންމިގޮތުގެ ރިޕޯޓްގެ އަސްލު، ކައުންސިލުން އެދުމުން ހަވާލުކުރަންވާނެއެވެ.