ބަންޑާރަ ގޯތި އަމިއްލަކުރުން
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އޭގެ ބައެއް، ސަރުކާރަށް އަގު ދައްކައިގެން އަމިއްލަ ކުރުމަށް އެދި ހުށަހަޅާ ޚިދުމަތް.
ސާރވިސް ހޯދުމަށް ސައިން އިން ވެވަޑައިގަންނަވާ
އީފާސް މެދުވެރިކޮށް ވަދެލާޤާނޫނު ނަންބަރު 1/2022 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެ ވިއްކުމުގެ ގަވާއިދާ އެއްގޮތަށް، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯތިން އަމިއްލަ ކުރުމަށް ކަނޑައަޅާފައިވާ ބައި އަމިއްލަކުރުމަށް އެދި ހުށަހެޅޭނެއެވެ.
- ގޯތީގެ ހުރިހާ ވެރިފަރާތްތަކެއް އިޤުރާރުގައި ސޮއިކުރަންވާނެއެވެ.
- ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތަކަށް ވެރިފަރާތުގެ ބަދަލުގައި ހުށަހެޅޭނެއެވެ.
- މި ފޯމު ފުރިހަމަކޮށްފައި ނުވާނަމަ، ނުވަތަ މި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމައަށް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ މިފޯމުގައި ޞައްޙަނޫން މަޢުލޫމާތެއް ހިމެނޭނަމަ، ފޯމު ބާޠިލްކޮށް، ހުށަހެޅި ފަރާތަށް ކައުންސިލްގެ އިދާރާއިން އެކަން އަންގާނެއެވެ. މިގޮތުން ފޯމު ބާޠިލްކޮށްފިނަމަ، ގޯތި ނުވަތަ ގޯތިން ބައެއް އަމިއްލަކޮށްދެވޭނީ، އެކަމަށް އެދި އައު ފޯމެއް ހުށަހެޅުމުންނެވެ.
- ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގެ ދެފުށުގައި ހިމެނޭ މަޢުލޫމާތު އެނގޭނެގޮތަށް)
- ޕަވަރ އޮފް އެޓަރނީ ހަވާލުކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީ
- ގޯތީގެ ރަޖިސްޓަރީގެ ކޮޕީ
- އަމިއްލަކުރަން އެދޭ ބައި އޮތްތަން އެނގޭނެ ޗާޓު
- ގޯތީގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގެ ދެފުށުގައި ހިމެނޭ މަޢުލޫމާތު އެނގޭނެގޮތަށް)
- ގޯތީގެ އެހެން ވެރިފަރާތްތައް ހުރިނަމަ، އެފަރާތްތަކުގެ ސޮއި ކުރެވިފައިވާ އިޤުރާރު
ފީއެއް ނަގާނަމަ ކައުންސިލުން އަންގާނެއެވެ.
ބަންޑާރަ ގޯތި އަމިއްލަކުރަން ސަރުކާރަށް ދައްކަންޖެހޭ ވަރަކީ ގޯތީގެ ބޮޑުމިން (އަކަފޫޓުން)، އަކަފޫޓަކަށް ޖެހޭ ވަރާ ގުނަކޮށް ލިބޭ އަދަދެވެ. މި އަދަދު ކައުންސިލުން ހިސާބުކޮށް އަންގާނެއެވެ. އަގު އެއްފަހަރާ ދައްކައި ނިންމުމަށް ނުވަތަ އެކި ފަހަރު މަތިން ދެއްކުމަށް އެދިދާނެއެވެ. އެކި ފަހަރު މަތިން ދައްކާނަމަ، ދައްކަންޖެހޭ ޖުމުލަ އަގާއި، ފަހަރަކު ދައްކާނެ އަދަދާއި، ފައިސާ ދައްކާނެ ގޮތާއި، ފައިސާ ދައްކާ ޚަލާޞްކުރާ މުއްދަތު ކައުންސިލުން ކަނޑައަޅާނެއެވެ.
ގޯތީގެ ހުރިހާ ވެރިފަރާތްތަކެއް، ގޯތީގެ ވެރިފަރާތް / ފަރާތްތަކުގެ އިޤުރާރުގައި ސޮއިކުރަންވާނެއެވެ. ގޯތީގެ އެހެން ވެރިފަރާތްތައް ހުރިނަމަ، އެފަރާތްތަކުގެ ފުރިހަމަ ނަމާއި، ދ.ރ.އ. ކާޑުގެ ނަންބަރާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު ލިޔެ ސޮއިކޮށްފައިވާ އިޤުރާރު ފޯމާއެކު އަޕްލޯޑް ކުރައްވާ.
ވެރިފަރާތްތައް ކައުންސިލްގެ އިދާރާއަށް ހާޒިރުވުމަށް ކައުންސިލުން އެދިދާނެއެވެ.